
ފުވައްމުލައް: ފެހި. ފަހި. ސްމާޓް.
އެކުވެރި، އަމާން، ފެހި، ތަނަވަސް، އުފާވެރި ސްމާޓް ޖަޒީރާ ސިޓީއަކަހަ ފުވައްމުލައް ހަދަންނަ ކެރާ މަސައްކައް ހުއްޓާނިލާ ކުރިހާގިނެމާ ހިނގައު
ތެދުވެރިވާނެ. އޮޅުވާލުމެއް ނޯންނާނެ
އަމިއްލަ އެދުމެއް ނެތި، އިޚްލާސްތެރި ކަމާއިއެކު ޚިދުމަތް ކުރާނެ
ވަކި ކުލައަކަށް، އަވަށަކަށް، ފަންތިއަކަށް ބެލުމެއް ނެތި ޚިދުމަތް ކުރާނެ
ޚިޔާނާތްތެރިއެއް ނުވާނެ. މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުމެއް ނުކުރާނެ
ފުރަތަމަ ދައުރުގެ ނަތީޖާއިން ނަތީޖާ ނެރެދޭނެކަން ޔަގީން ކުރެވޭނެ
ހިންގުމުގެ އަދި ސަރުކާރާއި ބޭރުގެ ފަރާތްތަކާއި ގުޅިގެން ކަންކަން ކުރުމުގެ ތަޖުރިބާ
މޭޔަރ އިސްމާއީލްއަށް ވޯޓު ދޭންވީ އެންމެ މުހިންމު ސަބަބަކީ މިގޮތަށް ޚިދުމަތްކުރާނެކަން އަމަލީގޮތުން ދައްކާ އެކަމުގައި ސާބިތުވެ ހުރީތީ، ރައްޔިތުންގެ އިތުބާރު ހޯދާފައިވާތީ.
ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ވިސްނާ ވޯޓު ދޭ ކޮންމެ މީހަކުވެސް މޭޔަރ އިސްމާއީލްގެ ދައުރުގައި ލިބުނު ކާމިޔާބީތައް ބަލާލުމަކީ މުހިންމުކަމެއް. އިދާރީ ހިންގުން ހަރުދަނާކޮށް، މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދާ، ދީނީ ކަންކަމަށް އިސްކަންދީ، ރަށްވެހިކަމުގެ ޚިދުމަތްދިނުމުގައި އިންގިލާބީ ބަދަލުތައްގެނެސް، އިޖްތިމާއީ އަދި ކުޅިވަރު ބިންތައް ތަރައްގީކޮށް، އިޖްތިމާއި ގުޅުން ބަދަހިކުރަން ހަރަކާތްތައް ހިންގާ، ރަށަށް ގިނަބަޔަކު ޒިޔާރަތްކުރާނެފަދަ އިވެންޓްތައް އިންތިޒާމްކޮށް އަދި ކުދި ވިޔަފާރިތައް ކުރިއަރުވަން ކުރެވުނު މަސައްކަތްތައް ފާހަގަކޮށްލެވޭ.
މޭޔަރ އިސްމާއީލް ސިޔާސީމަގާމުތަކަށް ކުރިމަތިލަނީ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުމުގެ އިޚްލާސްތެރި ނިޔަތުގައި. އެންމެކުރީއްސުރެވެސް އިޖްތިމާއި، އިގްތިސާދީ އަދި ސިޔާސީކަންކަމަށް ޚިޔާލު ފައުޅުކޮށް ފާޑުކިޔާ އުޅުނީ މުޖުތަމައުގެ ހާލަތާއިމެދު ވިސްނާ ފިކުރު ކުރާތީ.