ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރަން ކުރެވޭ މަސައްކަތް

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރަން ކުރެވޭ މަސައްކަތް

މިއީ ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ލިޔެވޭ ލިޔުމެކެވެ. މި ކަމާއި ގުޅިގެން ސަރުކާރުން އަދި އެހެން ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މީގައި ހިމެނޭނެއެވެ.

އޭޕްރީލް 2008: ގިރާ ސަރަހައްދުގައި ތޮށިލުމަށް ހަދަންޖެހޭ ޑީޓެއިލް ޑިޒައިން ސަރވޭ ފެށުމުގެ ގޮތުން މައުލޫމާތު ދިނުން. މައުލޫމާތު ދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ އިބުރާހިމް ނައީމު އަދި މަސައްތަކް ހަވާލު ކޮށްފައިވާ ރިއަން ޕްރައިވެޓް ލިމިޓެޑްއިން (މައުލޫމާތު: ކައްޓެޅި އޮންލައިން ނޫސް)

މޭ 2008: ގިރާ ސަރަހައްދުގައި ލުމަށް ހަމަޖެހިފައިވާ ތޮށީގެ ޑީޓެއިލް ޑިޒައިނަށް މައުލޫމާތު ހޯދުމުގެ ސަރވޭ ނިމުން. ބޭނުންވާ މައުލޫމާތު ހޯދުމުގެ ފީލްޑް ސަރވޭގައި ފުވައްމުލަކު ބަނދަރުން ފެށިގެން، ތުނޑިއާ ހަމައަށް 4.063 ކިލޯމީޓަރ ސަރވޭ ކުރެވުނު. ދެން އޮންނާނީ ޑީޓެއިލް ޑިޒައިން ހެދުމުގެ މަސައްކަތް. މިމަސައްކަތް ފެށޭނީ ފުވައްމުލަކުގައި ލާނީ ކޮން ވައްތަރެއްގެ ތޮއްޓެއްކަން އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައެޅުއްވުމުން. އެންވަޔަރަމަންޓް މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ ފުވައްމުލަކުގައި ލާނީ ކޮންކަހަލަ ތޮއްޓެއްކަން ނިންމާނީ ސަރވޭއަށް ފަހުގައި ކަމުގައެވެ.(މައުލޫމާތު: ކައްޓެޅި އޮންލައިން ނޫސް)

އޯގަސްޓް 2008: ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ލާނީ ނިއަރ ކޯސްޓަލް ބްރޭކް ވޯޓަރއެއް ކަމުގައި އެންވަޔަރަމަންޓް މިނިސްޓްރީއިން ނިންމުން. (މައުލޫމާތު: ކައްޓެޅި އޮންލައިން ނޫސް)

ޑިސެމްބަރ 2014: ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ގްރާންޓް އެގްރީމެންޓެއްގައި ދިވެހިސަރުކާރާއި ނެދަލެންޑު ސަރުކާރާއި އެކު ސޮއި ކުރުން. (މައުލޫމާތު: އެންވަޔަރަމަންޓް މިނިސްޓްރީ)

ފެބްރުައަރީ 2015: ފުވައްމުލަކު އިރުމަތީ ފަރާތުގައި ތޮށިލުމުގެ މަސައްކަތް ފެށުމަށްޓަކައި، ނެދަރލޭންޑްގެ ޓީމެއް ފުވައްމުލަކަށް ޒިޔާރަތްކުރުން. އެ ޓީމުން ވަނީ ފުވައްމުލަކު އަތޮޅު ކައުންސިލް އާއިބައްދަލުކޮއްފަ. އަދި ތޮށިލުމަށް ހަމަޖެހިފައިވާ ސަރަހައްދުބަލާފައި (މައުލޫމާތު: މިކަލް ނޫސް)

އޮކްޓޯބަރ 2016: ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުން. ލަފާ ކުރެވޭ ގޮތުގައި އެމަޝްރޫއަށް 26 މިލިއަން ޑޮލަރު ޚަރަދު ވާނެ (މައުލޫމާތު: ސަން އޮންލައިން)

އޮކްޓޯބަރ 2016: ގިރަމުންދާ ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ގޮތާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން އަތޮޅު ކައުންސިލާއި އަދި ރައްޔިތުންނަށް ނެދަލޭންޑްސް އެންޓަޕްރައިސް އޭޖެންސީ (އޯރިއޯ) އަދި މަސައްކަތުގެ ޓެކްނިކަލް ސާވޭ ހަވާލު ކުރެވިފައިވާ ފަރާތުން މައުލޫމާތުދީ މަޝްވަރާކުރުން. (މައުލޫމާތު: އަތޮޅު ކައުންސިލް)

ޖުލައި 2017: ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުވައިތު ފަންޑުން  ނަގާ 183 މިލިއަން ރުފިޔާގެ ލޯން އެއްބަސްވުމުގައި ސޮއިކުރުން.  މިއީ ނެދަލޭންޑްސް އެންޓަޕްރައިސް އޭޖެންސީ (އޯރިއޯ) އަދި ކުވައިތު ފަންޑުގެ ހިލޭ އެހީ އާއި ކުވައިތު ފަންޑުން ނަގާ ލޯނަކުން ހިންގާ މަޝްރޫއުއެއް. ބާކީ އޮތީ އޯރިއޯ އިން ދޭ ހިލޭ ފަންޑްގެ ކަންތައްތައް ހަމަޖެއްސުމާއި އެ މަޝްރޫއުގެ ޓެންޑާ މަރުހަލާ. އެ މަޝްރޫއުގެ ދަށުން ފުވައްމުލަކު ގޮނޑުދޮށުން 2،650 މީޓަރުގެ ސަރަހައްދުގައި ރިވެޓްމެންޓް އަޅާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ވިދާޅުވޭ. (މައުލޫމާތު: ސަން އޮންލައިން)

ނޮވެމްބަރު 2017: ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ނެދަލޭންޑްސްގެ އެންޓަޕްރައިސް އޭޖެންސީ (އޯރިއޯ)އިން ދޭ 10.7 މިލިއަން ޑޮލަރުގެ އެހީގެ އެގްރީމެންޓުގައި ސޮއިކުރުން. މިހާރު ޑީޓެއިލް ޑިޒައިން ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ވަރަށް އަވަހަށް ކޮންޓެކްޓަރަކާ މަސައްކަތް ހަވާލު ކުރެވޭނެ ކަމަށް  އެންވަޔަރަަމަންޓް މިނިސްޓަރު ވިދާޅުވި. (މައުލޫމާތު: މިހާރު)

އޭޕްރީލް 2019: ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް ޕްރިކޮލިފިކޭޝަން އަށް ހުޅުވާލުން. މިކަން ހުޅުވާލެވުނީ ޕްރީ ކޮލިފިކޭޝަންއަށް ކުވޭތް ފަންޑުގެ ނޯ އޮބްޖެކްޝަން ނޮވެމްބަރު 2018ގައި އަދި އޯރިއޯގެ ނޯ އޮބްޖެކްޝަން މާޗް 2019 ގައި ލިބުމަށް ފަހު. ތިން ޕާޓީއަކުން ޝައުގުވެރިކަން ފާޅުކުރި. އޯރިއޯގެ ޝަރުތަކަށް ވެފައި އޮތް ކުރިމަތިލާ ކުންފުނިތަކަކީ އަހަރީ އާމްދަނީ މަދުވެގެން 100 މިލިއަންޑޮލަރު ލިބޭ ކުންފުނިތަކަށް ވާން. އެސަބަބާއި ހެދި ޝައުގުވެރިވި ފަރާތްތައް އެހާ މަދުވީ. މިވަރުގެ ޕްރޮޖެކްޓަކަށް ތިން ކުންފުންޏާއެކީ ޓެންޑަރ ކުރުން ކުރިއަށް ގެންދިއުމަށް އޯރިއޯއިން ބޭނުމެއް ނުވި. އެހެންވެ އަހަރީ އާމްދަނީ 50 މިލިއަން ޑޮލަރަށް ދަށްކޮށް އަލުން ޕްރިކޮލިފިކޭޝަން ހުޅުވާލަން އޯރިއޯއިން އެދުނު. (މައުލޫމާތު: މިނިސްޓަރ އަސްލަމް)

ސެޕްޓެމްބަރަ 2019: ދެވަނަފަހަރަށް ޕްރީ ކޮލިފިކޭޝަން ހުޅުވާލެވުނު. އޯރިއޯގެ އެދުމަކަށް 2019 އޮކްޓޯބަރުގައި ހަމަވާންއޮތް މުއްދަތު 2019 ނޮވެމްބަރަށް ފަސް ކުރެވުނު. 12 ފަރާތަކުން ޑޮކިއުމެންޓު ގަނެ 5 ފަރާތަކުން ޕްރީކޮލިފިކޭޝަނުގައި ބައިވެރިވި. (މައުލޫމާތު: މިނިސްޓަރ އަސްލަމް)

ޖޫން 2020: ޓެންޑަރ ޑޮކިއުމެންޓްސް ތައްޔާރުކޮށް ކުވޭތުފަނޑާއި އޯރިއޯގެ ނޯ އޮބްޖެކްޝަން ހޯދުމަށް ފޮނުވުން. (މައުލޫމާތު: މިނިސްޓަރ އަސްލަމް)

ޖުލައި 2020: ޓެންޑަރ ޑޮކިއުމެންޓުތަކަށް  ކުވޭތުފަންޑުގެ ނޯ އޮބްޖެކްޝަން ލިބުން. އޯރިއޯގެ ނޯ އޮބްޖެކްޝަން އަދި ނުލިބޭ. (މައުލޫމާތު: މިނިސްޓަރ އަސްލަމް)

އޯގަސްޓް 2020: ޕްރިކޮލިފިކޭޝަން ނިންމާ ކުވޭތު ފަންޑު އަދި އޯރިއޯގެ ނޯ އޮބްޖެކްޝަން ހޯދުމަށް ފޮނުވުނު. އޯރިއޯގެ ނޯ އޮބްޖެކްޝަން މިމަސްތެރޭ ލިބޭނެކަމަށް އަންގާފައިވޭ. ކުވޭތް ފަންޑުގެ ނޯ އޮބްޖެކްޝަން ލިބޭނެ ތާރީޚެއް އަދި ނުލިބޭ. (މައުލޫމާތު: މިނިސްޓަރ އަސްލަމް)

ޕްރިކޮލިފިކޭޝަންއަށް ކުވޭތުފަންޑުގެ ނޯއޮބްޖެކްޝަން އަދި ޓެންޑާ ޑޮކިއުމެންޓްތަކަށް އޯރިއޯގެ ނޯއޮބްޖެކްޝަން ލިބުމުން ޓެންޑަރ ކުރިއަށް ގެންދެވޭނެ. އޯރިއޯއިން ބޭނުންވަނީ 90 ދުވަހަށް ޓެންޑަރ ހުޅުވާލުމަށް. ސަރުކާރުންވަނީ 60 ދުވަހަށް ދަށް ކުރުމަށް އެދިފައި. ޓެންޑަރ އިވެލުއޭޓް ކުރުމަށް 30 ދުވަސް ނަގާނެ. އެއަށް ފަހު ކުވޭތު ފަންޑު އަދި އޯރިއޯގެ ނޯ އޮބްޖެކްޝަން ހޯދަން ފޮނުވޭނެ. ކޮންޓްރެކްޓް ނެގޯސިއޭޝަން ނިމުމަށް ފަހު ކޮންޓްރެކްޓުގައި ސޮއި ކުރެވޭނެކަމަށް ލަފާކުރެވެނީ 2021 ވަނައަހަރު ފުރަތަމަ ތިންމަސް ތެރޭ. (މައުލޫމާތު: މިނިސްޓަރ އަސްލަމް)

Leave a Reply

Your email address will not be published. Required fields are marked *