ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅި ބަޖެޓަށް ތަކުލީފަކަށް ވެގެން ނުވާނެ

ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅި ބަޖެޓަށް ތަކުލީފަކަށް ވެގެން ނުވާނެ

(1) އާސަންދައަކީ ފަހުގެ ނުވަތަ ކުރީތާރީހަކަށް ބެލިކަމުގައި ވިޔަސް ދިވެހި ސަރުކާރަކުން ރައްޔިތުންނަށް ތައާރަފްކޮށްދިިން އެންމެ ބޭނުންތެރި ނިޒާމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބަލިވުމަކީ ވަކި މުއްސަންޖަކަށް ފަގީރަކަށް އޮއްނަ ކަމެއްނޫނެވެ. އަދި ބަލިވާހިނދު އެކަށީގެންވާ ފަރުވާ ލިބުމުގެ ހައްގު އޮންނަންވީ ހަމައެކަނި ފައިސާގެ ތަނަވަސްކަން ހުރި މީހުނަށް އެކަންޏެއް ނޫނެވެ. ނިކަމެތި ފަގީރު މީހާއަށްވެސް އެހައްގު  އޮއްނަން ޖެހޭނެއެވެ. އެހެންކަމުން އާސަންދަ ދެމި އޮންނަން ޖެހޭނެއެވެ. އިތުރަށް ފުޅާ ކުރެވެން ޖެހޭނެއެވެ.

އިތުރު ތަފްސީލް
ރިސޯޓް މުވައްޒަފުންގެ ހައްގުތައް ނުލިބި ލަސްވުމަކީ ސީރިއަސް މައްސަލައެއް

ރިސޯޓް މުވައްޒަފުންގެ ހައްގުތައް ނުލިބި ލަސްވުމަކީ ސީރިއަސް މައްސަލައެއް

ރާއްޖޭގެ އެންމެ ފައިދާބޮޑު ވިޔަފާރި ކަމަށްވާ ޓޫރިސްޓް ރިސޯޓުތައް ހިންގުމުގައި ހަރަކާތްތެރިވާ ދިވެހިން އެމީހުންނަށް ލިބިދޭންޖެހޭ ހައްގު ހޯދުމަށް އެކި ސިސިފައިގާ ވަނީ މަސައްކަތް ކޮށްފައެވެ. އެހައްގުތައް ފުރިހަމަޔަށް ނުލިބި ލަސްވަމުން ދިއުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.

އިތުރު ތަފްސީލް
ގެދޮރު އެޅުމުގެ މަޝްރޫއަށް ފައިސާހޯދުމަށް ރިސޯޓްތައް ދިނުން

ގެދޮރު އެޅުމުގެ މަޝްރޫއަށް ފައިސާހޯދުމަށް ރިސޯޓްތައް ދިނުން

މިމަހުގެ ބާރަވަނަދުވަހު ކެބިނެޓުން ނިންމިކަމަށް ހަބަރުތަކުގައިވަނީ ގެދޮރުއެޅުމުގެ މަޝްރޫއަށް ފައިސާހޯދަން ހަތަރުރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީކުރަން ހުޅުވާލިވާހަކައެވެ. މިރަށްތައް ދޫކުރުމުގެ މައިގަނޑު އެއް އުސޫލަކީ  ހައުސިންފަންޑަށް  އެންމެގިނަ ފައިސާދޭން ހުށަހަޅާފަރާތަކަށް އިސްކަންދިނުމުގެ އުސޫލެވެ.  މިގޮތަށް ވަކިކަންތަކަށް ފައިސާހޯދުމަށް ރަށްތައް ދޫކުރުމަކީ މާހަމަޖެހޭ އުސޫލެއްގޮތުގައި ނުފެނެއެވެ.

އިތުރު ތަފްސީލް
އެކްސްޕޯޓް އިމްޕޯޓް ގާނޫނު އިސްލާހު ކުރާއިރު ކުރެވިދާނެ ބައެއް މުހިންމު ކަންތައްތައް

އެކްސްޕޯޓް އިމްޕޯޓް ގާނޫނު އިސްލާހު ކުރާއިރު ކުރެވިދާނެ ބައެއް މުހިންމު ކަންތައްތައް

ސަރުކާރުން މިހާރު މަޖްލިހަށް ހުށަހަޅާފައިވާ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަކީ އެގާނޫނު މެދުވެރިކޮށް އިޖްތިމާއީ އަދި އިގްތިސާދީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް އެހިވެދޭނެ ގާނުނެކެވެ. މިގޮތުން ގައުމުގެ މުއްސަދިކަން ބެހިފައިވާގޮތަށް މިހާރަށްވުރެބޮޑަށް ހަމަހަމަކަން ގެނައުމާއި، ރާއްޖޭގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދާދިނުމާއި، ދިރިއުޅެން ފަސޭހަ ވެއްޓެއް ގާއިމުކުރުން ހިމެނެއެވެ. ސަރުކާރުން މިބިލް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ އަގުތަށް ތިރިކުރުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިހާރުން މިހާރަށްވެސް ހޯދޭނެ ހައްލު ހޯދުމެވެ. މިމަގްސަދު މިހެން އޮތަސް މުޖްތަމައުގައި ހަމަހަމަކަން އުފެދުމާއި ފަގީރުންނާއި މުއްސަދިންގެ ފަރަގު ކުޑަކުރުމަކީ އަދި ގައުމަށް ދިމާވެފައިވާ ބައެއްމައްސަލަތް ހައްލުކުރުމަށް އެހީތެރިވިމަކީ މިބިލް އިސްލާހު ކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެންން ޖެހޭނެ ކަންތަކެވެ.

އިތުރު ތަފްސީލް
ފުވައްމުލަކި އޮޑިގަނޑި ޚާއްސަ ދަފްތަރޮ

ފުވައްމުލަކި އޮޑިގަނޑި ޚާއްސަ ދަފްތަރޮ

ބައެއްފަހަރު ސަރުކާރުން ހަދާލާ ގަވާއިދަކީ ހަމަބުއްދީގައި ހުންނަމީހަކަށް ގަބޫލު ކުރަން އުދަގޫ ގަވާއިދު ތަކެކެވެ. ތަންކޮޅެއް ކުރީޒަމާނުގައި މާލެއަރަން ކުޑަސިޓީ ހައްދަން ޖެހުނެވެ. އެހެންގައުމަކަށް ދާއިރު ވިސާ ހައްދަން ޖެހޭ ގޮތަށެވެ. މިދޭތެރެއަކުން ފަށައިގެން އުޅޭ ކަމަކީ މާލޭ މުނިސިޕަލްޓީ ޚާއްސަ ދަފްތަރެއްގެ ކަންތަކެވެ. މިދަފްތަރު ވަނީ ދަންތުރައަކަށް ބަދަލުވެފައެވެ. ބޭކާރު ކަމަކަށް ވުމުގެ އިތުރުން މިކަމުގެ ސަބަބުން އެތައްބައެއްގެ ހައްގުތައް ދަނީ ގެއްލެމުންނެވެ.

އިތުރު ތަފްސީލް
ރިސޯޓްތައް ކުއްޔަށްދޭ މުއްދަތު 50 އަހަރަށް އިތުރު ކުރުން

ރިސޯޓްތައް ކުއްޔަށްދޭ މުއްދަތު 50 އަހަރަށް އިތުރު ކުރުން

ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށްދޭ މުއްދަތު 25 އަހަރުން 50 އަހަރަށް އިތުރުކުރުމަށް މިހާރުވަނީ މަޖްލިހަށް ބިލެއް ހުށަހަޅާފައެވެ. މިހާރު އަމަލުކުރެވޭ ގާނޫނުގެ ދަށުންކުއްޔަށްދެވޭ 25، 35 ނުވަތަ 50 އަހަރުގެ ބަދަލުގައި ތަފާތުކުރުމެއްނެތި ހުރިހާ ރިސޯޓްތަކަށް 50 އަހަރުގެ މުއްދަތެއް ދިނުމާއި ދޭތެރޭ ފުންކޮށް ވިސްނާލަން ޖެހެއެވެ. އަދި އެކަން އެގޮތަށް ހުށަހަޅާނަމަ އެއާއި އެއްކޮށް ކުރަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުއްޓެވެ.

އިތުރު ތަފްސީލް