- ރައްޔިތުންގެ ތެރޭ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތައް ހިންގުން
- ސްކޫލްތަކަކީވެސް ތައުލީމުގެ އިތުރުން ދީނީ ތަރުބިއްޔަތު ދިނުމުގައިވެސް މުހިންމު ރޯލެއް އަދާކުރާ ތަނެއް ކަމުގައި ހެދުން
- މިސްކިތްތަކަކީ ހަމަ އެކަނި ނަމާދު ކުރާތަނެއްގެ ގޮތުގައި ނުބާއްވާ، ދީނީ ހޭލުންތެރިކަމާއި ތަރުބިއްޔަތު ކުރުމުގައި އަދި އިޖްތިމާއީ ގުޅުން ބަދަހި ކުރުމުގެ ރޯލެއް އޮންނަ ތަނަކަށް ހެދުން
- ފުވައްމުލަކަކީ އެއްރަށެއްކަމާއި އެއްބައެއްކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ
- އަވަށްތަކުގެ ބައިބައިވުމަކީ ތަރައްގީއާއި އުފާވެރި މުޖުތަމައަކަށް އޮތް ހުރަހެއް
- އިޖްތިމާއީ ގުޅުމާއި އަޚްވަންތަކަން ބަދަހި ކުރުމަކީ މުހިންމުކަމެއް. އިޖްތިމާއި ގުޅުން ބަދަހިވާނޭ ހަރަކާތްތައް ގިނައިން ހިންގަންޖެހޭ
- އެއްބަޔަކު އަނެއް ބަޔަކަށް އަޅާލާ އެހީތެރިވުމުގެ ސަގާފަތް އިތުރަށް ދިރުވާ އާލާކުރަން މަސައްކަތް ކުރުން
- ރަށުގައި ހެދޭ ޕާކްތަކަކީވެސް އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް މުހިންމު ރޯލެއް އަދާކުރާ ތަންތަނަށް ވެގެންދާނެ
- ތިމާވެށްޓާއި ރައްޓެހި ދިރިއުުޅުމުގެ އާދަތައް ގެންގުޅޭބަޔަކަށް އަހަރެމެން ވާންޖެހޭ
- އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކަށް ވީހާވެސް އަވަހަކަށް ނޫނެކޭ ބުނުން
- ގަސްގަހާގެހި އަދި ކަނޑާއި ކަނޑުގެ ދިރުންތަކުގެ މުހިންމުކަން އެންމެނަށްވެސް އެނގެން ޖެހޭ
- ކުނި އުފައްދާ އުކާލުމުގައި ޒިންމާދަރު ބަޔަކަށް ވާންޖެހޭ
- ރަށުގެ ކުނިކޮށި މެނޭޖްކޮށް އެތަނުން އާންމުންނަށް ވާ އުނދަގޫ ކުޑަކުރެވޭނެ ގޮަތްތައް ހޯދުން
- ސާކުއިލާ އިކޮނޮމީގެ ވިސްނުން ގެންގުޅުން
- އުފާވެރި ދިރިއުޅުމަކަށް ދުޅަހެޔޮ ސިއްހަތަކީ މުހިންމު ކަމެއް
- ސިއްހަތާއި ރައްޓެހި ދިރިއުޅުމުގެ އާދަކާދަތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުން
- ރަށުގައި ޖެހޭ ބޮޑެތި ބަލިތަކާއިގުޅޭ ތަފާސްހިސާބުތައް ބަލަހައްޓަންޖެހޭ
- މަގު، ޕާކްތައް އަދި އެހެނިހެން އާންމުތަންތަނަކީ ދުންފަތުގެ ދުމުން ރައްކާތެރި ވެފައިވާ ތަންތަން ކަމުގައި ހެދުން
- އިޖްތިމާއީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވޭ މަސައްކަތުން އުފާވެރިކަން އިތުރުވެގެން ދާނެ
- ކާއެއްޗެހި ތައްޔާރުކުރާތަންތަނުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީން ކުރުން
- މަސްތުވާތަކެއްޗަކީ މި މުޖުތަމައުއަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލަ. މިކަން ހައްލުކުރުމަށް މަސައްކަތް ކުރުމަކީ މުހިންމުކަމެއް
- ހުނަވެރި މަސައްކަތްތެރިންނަކީ ރަށެއްގެ އިގްތިސާދީ ކުރިއެރުމަށް މުހިންމު ބައެއް
- ރަނގަޅު ތައުލީމާއި ތަމްރީނު ލިބޭނެ ގޮތް މަގުފަހިވެފައި އޮތުން. މިގޮތުން ވޮކޭޝަނަލް ޓްރެއިނިން މަރުކަޒެއްގެ މުހިންމުކަން ބޮޑު
- އަމިއްލަ މަސައްކަތް ފަށައިގަންނަން ބޭނުންވާ ހުނަރުވެރިންނަށް އެހީތެރިވެދިނުން
- ފުވައްމުލަކުގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރަން ޖެހޭ. ސަގާފަތާއި ތަރިކައިގެ ސަބަބުން އިގްތިސާދީ ގޮތުންވެސް މަންފާ ލިބޭނެ
- ދާރުލްއާސާރަކީ ތަރިކައާއި ސަގާފަތް ރައްކާތެރިކުރުމުގެ މަސައްކަތުގައި މުހިންމު ތަނަކަށް ވެގެންދާނެ
- ފުވައްމުލަކުންހޯދާ ރަށުން ބޭރުކުރެވިފައިވާ އާސާރީ ތަކެތި އަނބުރާ ރަށަށް ގެނައުން
- ރަށުގައިހުރި އާސާރީތަންތަން އެތަންތަނުގެ އަސްލު ނުގެއްލޭނޭގޮތަށް ހިމާޔަތްކޮށް ބެލެހެއްޓުން
- ކުޑަކުދިންނާއި އިސްރަށްވެހިންނަކީ އަޅާލުމާއި ރައްކާތެރިކަން ޚާއްސަގޮތެއްގައި ލިބެންޖެހޭ ބައެއް
- ބާލާނެ، އަޅާލާނެ ބަޔަކު ނެތް ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުން
- ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ރަށުގައިތިބެގެން ބޭނުންވާ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރުން