• ރަށް ތަރައްގީކޮށް ކުރިއަރުވަން ކުރާ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން މުހިންމު
  • ރައްޔިތުންނާއި ކައުންސިލާއި ގިނަގިނައިން ބައްދަލު ކުރެވޭނެ ނިޒާމެއް ހަމަޖެހިފައި އޮތުން
  • މޭޔަރާއި ކައުންސިލަރުންނަކީ ރައްޔިތުންކައިރިއަށްގޮސް ރައްޔިތުންގެ ޚިޔާލު ހޯދާ މަޝްވަރާކުރާ ބަޔަކަށް ވުން
  • ރައްޔިތުންގެ ޚިޔާލާއި މަޝްވާރާ ހޯދުމުގައި  އޮންލައިން ވަސީލަތްތައް ފުރިހަމަގޮތުގައި ބޭނުން ކުރުން. އޭރުން ރަށުން ބޭރުގައި އުޅޭފަރާތްތަކަށްވެސް ފަސޭހަވެގެންދާނެ
  • ފުވައްމުލަކަކީ އެކި ރޮނގުރޮނގުން ގިނަ ތަޖްރިބާކާރުން އެރަށަކަށް ނިސްބަތްވާ ރަށެއް. ރަށުގެ ތަރައްގީއާއި ކުރިއެރުމުގެ ޕްލޭންތައް ހަދާ މަޝްވާރާ ކުރެވޭއިރު  އެމީހުންގެ ބައިވެރިވުން ހޯދޭނެ ނިޒާމެއް ހަމަޖެހިފައި އޮތުން
  • ކައުންސިލްގެ ނިންމުންތައް ފެންނަގޮތަށް ބެހެއްޓުން
  • ކައުންސިލްގެ އާމްދަނީއާއި ޚަރަދުގެ ތަފްސީލް އާންމުކޮށް ފެންނަގޮަތަށް ހުރުން
  • ހިސާބު ބެލެހެއްޓުމުގައި ދުނިޔެ ގަބޫލުކުރާ މިންގަޑުތަކުގައި ހިފެހެއްޓުން
  • ކައުންސިލުން ނެރޭ ބީލަމާއި މަސައްކަތުގެ ފުރުސަތުތައް އާންމު ކޮށް ފެންނަގޮތަށް އެއްތަނެއްގައި ޝާއިއު ކުރުން
  • މޭޔަރާއި ކައުންސިލަރުންގެ މާލީ ބަޔާން އާންމުކުރުމަށް ބާރު އެޅުން
  • މީޑިއާ ބައްދަލުވުންތައް ގަވާއިދުން ބޭއްވުން
  • މޭޔަރު، ކައުންސިލަރުން އަދި ކައުންސިލްގެ މުވައްޒަފުންނަކީ ޒިންމާދާރު ބަޔަކަށް ވުން މުހިންމު
  • ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އެންމެ އިސްވާޖިބު ކަމުގައި ދަނެގެން މަސައްކަތް ކުރުން
  • ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާތަކާއި މައްސަލަތައް ހައްލުކުރުމަށް އިސްކަންދިނުން
  • ކައުންސިލުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ރަނގަޅުކޮށް ފުރިހަމަޔަށް ދިނުމަށް ކައުންސިލްގެ އާމްދަނީވެސް އިތުރުވާން ޖެހޭ. ކައުންސިލަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދާ ބަލަންޖެހޭ
  • ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެމީހުނާއި ރައްޓެހިކަމާއި އެކު ޚިދުމަތް ދިނުން
  • ޕްރައިވެޓް ސެކްޓަރގައި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ގެންގުޅޭ ވިސްނުމާއިމިންގަޑުތައް ކައުންސިލްގައިވެސެ ބޭނުންކުރުމަކީ ރަނގަޅުކަމެއް
  • ޚިދުމަތް ހޯދާ މީހުން ހިތްހަމަޖެހެނީ ކިހާވަރަކަށްތޯ ބަލަން ސާވޭތައް ކުރުން
  • ރައްޔިތުންނަށް ޚިދުމަތް ދިނުމުގައާއި ކައުންސިލް ހިންގުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ޚާއްސަ އިސްކަމެއް ދިނުން
  • ރައްޔިތުންގެ އެޕް/ޕޯޓަލްއެއް ގާއިމުކޮށް އޮންލައިންކޮށް ޚިދުމަތް ހޯދައި ލިބިގަތުން
  • މޮބައިލް އެޕް/ޕޯޓަލް  މެދުވެރިކޮށް މައްސަލަ، ޝަކުވާ އަދި ޚިޔާލު ހުށަހެޅޭނެ ގޮތް އޮތުން
  • ރައްޔިތުންގެ ބައްދަލުވުންތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ލައިވްކުރުން