• އަމާން ރައްކާތެރި މުޖުތަމައެއް ބިނާ ކުރުމަކީ ސިޓީކައުންސިލްގެ އެންމެ ބޮޑު އެއް ޒިންމާ
  • އަމަން ބެލެހެއްޓުމަށް ހުރި ގޮންޖެހުންތައް ބަލާ އެކަންކަން ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުން
  • އަމާން ރައްކާތެރި މުޖުތަމައެއް ގާއިމު ކުރުމަށް ސީސީޓީވީ ކަހަލަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުން
  • ކޮމިއުނިޓީ ޕޮލިސިން ފުޅާކޮށް ހަރުދަނާ ކުރުން
  • މުޖުތަމައު އަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން
  • ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކީ ފުރިހަމަ ވެފައިވާ ސިޓީއަކަށް ވަރައް މުހިންމު ކަމެއް
  • މަގުތަކަކީ ދުއްވަން ރައްކާތެރި ފަސޭހަ މަގުތަކަކަށް ވުން. އަދި ބައިސްކަލްދުއްވާ އަދި ހިނގާމީހުނަށްވެސް ތަނަވަސް ރައްކާތެރި ތަނަކަށް ހެދުން
  • މަގުތަކަކީ ޚާއްސަ އެހީއަށް ބޭނުންވާމީހުނަށްވެސް ބޭނުން ކުރެވޭތަނަކަށް ހެދުން
  • މަގުތަކަކީ ރީތިކޮށް ލޭންޑްސްކޭޕް ކުރެވިފައިވާ ހިޔާލިބޭ ގޮތަށް ފަރުމާ ކުރެވިފައިވާ ތަނަކަށް ވުން
  • ހަނިމަގުތަށް ފުޅާކުރުމަށް މަސައްކަތް ކުރުން
  • ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގާއިިމުކުރުން
  • ބައިކްޝެއަރ ޚިދުމަތުގެ އަޖުމަބެލުން
  • ސްކޫލްބަސް ބޭނުންކުރަން ފެށުން
  • ސަރަހައްދީ ފެރީ ނިޒާމް ހަރުދަނާ ކުރުން
  • ސަރަހައްދީ ވައިގެ ބަނދަރުތަކަށް ދަތުރުކުރަން ޓްވިން އޮޓާ ބޯޓު ބޭނުންކުރެވޭތޯ ބަލަން ސަރުކާރާއި  ދެކުނުގެ އަތޮޅުތަކާއި މަޝްވަރާކޮށް ފީޒިބިލިޓީ ހެދުން
  • އިންޓެގްރޭޓެޑް ޓައުންހަބް / ސިޓީ ސެންޓަރ އަކީ އިގްތިސާދީ އަދި އިޖްތިމާއީގޮތުން މުހިންމުތަނަކަށް ވާނެ
  • ޓައުންސްކުއާ ހިމެނޭގޮތަށް އޮފީސް ، ވިޔަފާރި އަދި އިޖްތިމާއީ ބޭނުން ހިފޭގޮތަށް އިމާރަތްތަކެއް ކުރުން
  •  ޓައުން ހަބްގައި ސިޓީހޯލް، ސަރުކާރު އޮފީސްތައް، ބޭންކު، ޕޯސްޓްއޮފީސް،  ސުޕަރމާކެޓް/ފިހާރަ، ކެފޭ/ރެސްޓޯރަންޓް އަދި ކަސްޓަމަރުންނަށް ޚިދުމަތްދޭ ކުންފުނިތަކުގެ ފްރޮންޓް އޮފީސް ކަހަލަ ތަންތަން ގާއިމު ކުރެވިދާނެ. އަދި މުނިފޫހި ފިލުވުމާއި ރިކްރިއޭޝަންއާ ގުޅޭ ތަންތަންވެސް ހެދިދާނެ
  • ރަށުގެ އެކިތަންތަނުން އެކި އޮފީސްތަކާއި މުއައްސަސާތަކަށް ބިންދީފައިވާއިރު، އެތަންތަން ސިޓީސެންޓަރަށް ބަދަލުކުރުމުން ބިން ހުސްވެގެންދާނެ
  • ސިޓީއެއްގެ ރީތިކަމަކީ މުހިންމުކަމެއް
  • އިމާރާތެއް ކުރިއަސް، މަގެއް ހެދިއަސް އެހަދާތަނެއްގެ އާންމު ބޭނުމުގެ އިތުރުން އެތަނުން ރަށުގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ ވިސްނުން ގެންގުޅުން މުހިންމު. އެގޮތުން ލޭންޑްސްކޭޕް ކުރުމާއި އާކިޓެކްޗާއަކީ އިސްކަންދޭންޖެހޭ ކަންކަން
  • ޕާކްތަކަކީ ރައްޔިތުން ހިތްހަމަ ޖައްސާލަން ދާތަނެއްގެ އިތުރުން އިޖްތިމާއީ ގުޅުން ބަދަހި ކުރެވޭނެ ތަނަކަށްހެދުންވެސް މުހިންމު
  • މަގުތަކުގެ ދެފަރާތުގައި އެއްކޮޅުން އެނެއްކޮޅަށް އިމާރާތް ކޮށްފައި ހުންނަ މަގުތަކުގައިިވެސް ބައެއް ހިސާބުތަކުން ބިންހުސްކޮށް ޕަބްލިކް ސްޕޭސް ނުވަތަ  ޕާކް ހެދުން
  • ގެދޮރު އިމާރަތް ކުރުމުގައިވެސް ރީތިކަން ނުގެއްލޭނޭ ގޮތަށް އިމާރާތްތައް ޑިޒައިންކުރުން. މިކަންވެސް ހިމެނޭ ގޮތަށް ބިލްޑިންކޯޑެއްގެ މުހިންމުކަން ބޮޑު
  • ފުވައްމުލަކަކީ ޕްލޭންކުރެވިގެން ތަރައްގީކުރެވޭ ސިޓީއަކަށް ހެދުމަކީ މުހިންމުކަމެއް. އެގޮތުން ބޭނުންވާ އެކިއެކި ޕްލޭންތައް ތައްޔާރުކުރަން ޖެހޭ
  • ތަނަވަސް ބޯހިޔާވަހިކަމެއް ލިބުމަކީ އަސާސީ ހައްގެއް ކަމަށް ގަބޫލު ކުރުން
  • ތަނަވަސް ފްލެޓް/އެޕާޓްމެންޓް ހިމެނޭގޮތަށް އުސްކޮށް ދިރިއުޅޭ އިމާރާތްތައް ކުރުން. މިގޮތަށް ތަރައްގީ ކުރާއިރު އެސަރަހައްދަކީ ކޮމިއުނިޓީއެއްގޮތަށް ޕްލޭންކޮށް، ފިހާރާ، ޕާކް އަދި ކޮމިއުނިޓީގާޑަން ފަދަ ތަންތަން ހެދުން
  • ފެހި ކަމަކީ ފުވައްމުލަކާއި ވަރަށް ގުޅިފައިވާ ކަމައެއް. އަދި އެކަމުގެ ސަބަބުން ރަށަށް މައްޝޫރުކަން ލިބިފައިވާ ކަމެއް
  • ފުވައްމުލަކަކީ ފެހި ރަށެއްގޮތުގައި ބާއްވަންޖެހޭ
  • ގަސްއިންދުމުގެ ޕްރޮގްރާމްތައް ބޭއްވުން
  • ރަށުގެ ގަސްގަހާއިގެހި ހިމާޔަތްކޮށް އާލާކުރުމުގެ ގޮތުން ނާސަރީއެއް ހިމެނޭގޮތަށް ބޮޓަނިކަލްގާޑަން އެއް ހެދުމަކީ މުހިންމު ކަމެއް
  • ރަށުގެ ތަންތަން ލޭންޑްސްކޭޕް ކުރުމަގައި ގަސްގަހާގެހި ބޭނުންކުރުމަށް އިސްކަން ދިނުން
  • ގަސް އިންދުމުގައި ރަށުގައި އާންމުކޮށް ހެދޭގަސްތަކަށް އިސްކަން ދިނުން ރަނގަޅު. އަދި ރަށާއި ގުޅިފައިވާ ގަސްގަސް ގިނައިން އިނދާ އާލާކުރުން. މިސާލަކަށް ފެންފޯއްރުއް. މިގަސްގަހަކީ  ހައްދާ އާލާކޮށްގެން ވިޔަފާރިއަށްވެސް ބޭނުން ކުރެވިދާނެ ގަސްގަސް
  • އަދި ހަމައެގޮތަށް ރަށުގައި ހެދޭ ބަގީޗާ އަދި މޭވާ ގަސްތައްވެސް އާލާކޮށްގެން ވިޔަފާރި ކުރެވޭނެ
  • ރަށުގެ މީރުފެންފަށަލައަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ފެންފަށަލަ ހިމާޔަތް ކުރަން މަސައްކަތް ކުރުން
  • ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ބާރުއެޅުން
  • ސޯލާ ކަރަންޓު  އުފައްދާ ބޭނުން ކުރުމަށް ބާރުއަޅާ އެހީތެރިވުން
  • ރަށުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން މުހިންމު. ކުނި އުފެދޭ މިންވަރު ދައްކުރުން، އުކާލާ އެއްޗެހީގެތެރެއިން ބޭނުން ހިފޭނެ އެއްޗެހި ވަކިކޮށް އޭގެ ބޭނުން ކުރުން، ކޮމްޕޯސްޓް މެޝިން ބޭނުންކޮށްގެން ކޮމްޕޯސްޓް ހެދުން މިއީ ކުރެވިދާން ބައެއްކަންން. ކުންޏާބެހޭގޮތުން މީހުން އިތުރަށް ހޭލެންތެރިކޮށް ފަރުދީ ޒިންމާ ވިސްނާދިނުމަކީވެސް މުހިންމު ކަމެއް
  • އަސާސީ ޚިދުމަތްތަށް ފުރިހަމަޔަށް ލިބެންޖެހޭނެ
  • ބޯފެނާއި ނަރުދަމާގެ ނިޒާމު ފުރިހަމަވެގެން ދިއުން
  • ހޮސްޕިޓަލުން ލިބޭ ފަރުވާގެ ފެންވަރު ރަނގަޅުކޮށް ޕެރަމެޑިކްސް އަދި  އިމަޖެންސީ/ކްރިޓިކަލް ކެއާ ފުރިހަމައަށް ލިބުމަކީ މުހިންމުކަމެއް
  • ވަސީލަތްތައް ފުރިހަމަ ސްކޫލްތައް ހުރެ، ހުނަރުވެރި ކުދިން އުފެއްދުން
  • ހަކަތަ އުފެއްދުމުގައި ދެމެހެއްޓެނިވި ވަސީލަތްތަކަށް އިސްކަންދީ ޚަރަދު ކުޑަކުރުން
  • ކުޅިވަރު ކުޅޭނެ ބިންތަކާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް  ހެދުމަކީ މުހިއްމު ކަމެއް
  • ސްޕޯޓްސް މިނިސްޓްރީއާއި، އެސޯސިއޭޝަންތަކާއި، ކްލަބް ޖަމްއިއްޔާތަކާއި ގުޅިގެން ކޯޗިން އަދި ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ހިންގުން
  • ކުޅިވަރު ކުރިއެރުވުމުގައި ކްލަބް ޖަމްއިއްޔާތަކުގެ ދައުރު ފުޅާކުރުން
  • ސަރަހައްދީ، ގައުމީ  އަދި ބައިނަލް އަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ހޯދުމަކީ ރަށަށް ލިބިގެންދާނެ ކުރިއެރުމެއް
  • ރިކްރިއޭޝަނަލް ފެސިލިޓީތައް ގާއިމުކުރުން. މިގޮތުން ޕިކްނިކް އޭރިއާތައް ހެދުމާއި ވޯޓަރ ސްޕޯޓްގެ ކުޅިވަރުތައް  އާލާ ކުރެވިދާނެ
  • އިންޖީނު ނުލާ އުޅަނދު ބޭނުންކޮށްގެން ވޯޓާ ސްޕޯޓްސް ގެ ކުޅިވަރުތައް ކުޅީގެ ވަކި ހިސާބެއްގައި ކުރިއަށް ގެންދެވޭނެތޯ ބެލުމަކީ ރަނގަޅުކަމެއް
  • ސަގާފީ ކުޅިވަރުތައް ދިރުވާ އާލާ ކުރުން