ފުވައްމުލައް: ފެހި، ފަހި، ސްމާޓް
ދެވަނަ ދައުރުގައިވެސް ކައުންސިލުން މިހާރުވެސް ފަށާފައި ހުރި މަސައްކަތްތަކާއި ތަންފީޒު ކުރަން ނިންމާފަހުރި ސިޔާސަތުތައް ކުރިއަށް ދާނެ. ރައްޔިތުންނަށް ޚިދުމަތް ދިނުމާއި ކައުންސިލް ހިންގުން އިތުރަށް ހަރުދަނާ ކުރަން އިސްކަން ދެވޭނެ. އަދި ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކޮށް، ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމަކީ މަސައްކަތުގެ މުހިންމު ބަޔަކަށް ވެގެންދާނެ. ފުވައްމުލައް ފެހި، ފަހި، ސްމާޓް ސިޓީއަކަށް ހަދަން ފަށާފައިވާ ދަތުރު ކުރިއަށް ދާނެ.
ތިރީގައި މިވަނީ ކައުންސިލްގެ މިހާރުގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ ސްޓްރެޓެޖިކް ފަސް ދާއިރާއިން ކުރިއަށް ގެންދިއުމަށް ގެންގުޅޭ މައިގަނޑު ވިސްނުންތައް. މިކަންކަން ދެވަނަ ދައުރުގައި ތައްޔާރުކުރެވޭ ތަރައްގީގެ ޕްލޭންގައި ހިމުނަމަށް މަސައްކަތް ކުރެވޭނެ.