ސުވާލް: އިޖުތިމާއީ ފޭރާން ރަންގަޅަކެރަންނަ ވެއްނޭ ކޮންކަމެކެ؟

——————————————-

ޖަވާބޮ: އިޖްތިމާއީ ފޭރާން ރަންގަޅަ ކެރުމަކީ ވަރަހަ މުހިންމުކަމެއް. އިގްތިސާދީ ތަރައްގީލިބުނަސް، އިޖްތިމާއީ މައްސަލަތެއް ގިނަފަހެނާ ހަގީގީ ތަރައްގީއެއް ނިލިބެންނެން.

އިޖްތިމާއީ މައްސަލަތެއް ހައްލުކެރަންނަ ކެރެވިއެންނެން އެންމެ މުހިންމު އެއްކަމަކީ ހޭލުންތެރިކަން އިތިރިކެރުން. އެގޮތެން އިސްކޫލެ ކޫދުން، ބެލެނިވޭރުން އަދި ޒުވާނުންނާސް މި ހަރަކާއްތެއް ހިނގުއަންނަ ޖެހޭ. މިކަމި ރަށި އިކި އިކި މުއައްސަސާތެއްކާ ޖަމްއިއްޔާތެކެއި ބައިވެރިވުން މުހިންމު. ކައުންސިލެން އިސްނަގާން މިކަން ވެންނެން.

ދީނީ ހޭލުންތެރިކަން އިތިރި ކެރުމަކީއަސް އިޖްތިމާއީ މައްސަލަތެއް ހައްލުކެރަންނަ ކެރެވީއެންނެން މުހިންމު ކަމެއް

މަސްތުވޭ އެއްތެތި ބޭނުންކެރާ ފަރާތްތެކަހަ އެކަށީގެންވޭ ފަރޮވާ ނިލިބޭ. ފުރިހަމަ ފަރޮވާ ހުއާދެންނަ މަސައްކައްކޯ އަދި އެކަމެން ސަލާމައްވެންނަ ބޭނުންވޭ ފަރާއްތެކަހަ އެހީތެރިވެދެރެ، މުޖުތަމައެން އެމީހުން ބަލާގަންނާ ސަގާފަތައް އޮންނަހަޖެހޭ. އެކަމެން ސަލާމައްވެންނޭ އެންމެންގެ އެހީއާއެކީ.

އާމްދަނީ ހުއުމުގެ އަދި ވަޒީފާގެ ފުރުސަތު ތަނަވަސް ވުމަކީއަސް އެކަމިގެ ސަބަބެން އިޖްތިމާއީ މައްސަލަތެކަހަ ކޮންމިއަސް ވަރިގެ ހައްލައް ލިބީގެން އެންނެންކަމެއް. ކެރަންނެން ކަމައްނޭތީ ވަޒީފާއް ނޭތީ ތިބެންނަ ޖެހުމަކީ ނިބައި މަގަކަހަ އެނބެރީއެންނެން ސަބަބޮތެކެއް.

ރަށިގެ އަމަންއަމާންކަން ބެލެހެއްޓުން ހަރޮދަނާކެރުމަކީއަސް އިޖްތިމާއީ ހާލަތު ރަންގަޅަކެރަންނަ އޮއް މަގެއް. ކަންމާބެހޭ މުއައްސަސާތެއްްކާ ގުޅީން ސިޓީކައުންސިލަހަސް މިކަމި މުހިންމު ރޯލެއް ކެޅެވީއެންނެން. ނެއިބަހުޑްއަދި ކޮމިއުނިޓީ ޕޮލިސިންއަކީ ކެރަންނަ ރަންގަޅަ ކަންތެތި.

އާއިލީ އަދި އިޖްތިމާއީ ގުޅުން ބަދަހިވޭ ކަހަލަ ޕްރޮގްރާމްތެއްކާ އިވެންޓުތެއް ކުރިހާ ގިނެގެއުމަކީއަސް މިކަމަހަ ކެރެވީއެންނެން ކަމެއް.

ސުވާލް:  މިރަށި އިގުތިސާދު ކުރި އަރޮވަންނަ މިރަށެން ވެއްނޭ ކޮންކަމެކެ

——————————————-

ޖަވާބޮ:  ރަށިގެ އިގްތިސާދު ކުރިއަރަންނޭ އިގްތިސާދީ ހަރަކާއްތެއް އިތިރިވެގެން. ރަށަހަ ވަންނާ ފާއިސާ އިތިރިވެގެން. ރަށަހަހަ ވަންނާ ފާއިސާ އިތިރިކެރިވިއެންނެން ގޮއްތެއް އެބަތީ . އެގޮތެން ފަތުރުވެރިކަން، މަސްވެރިކަން އަދި  ދަނޑޮވެރިކަން ކުރިއެރޮވުން ހިމެނޭ. ރަށޮ އިޝްތިހާރޮކޯ ރަށިގެ ވަސީލައްތާ ހިދުމައްތެއް ފުރިހަމަ ކެރަންނަޖެހޭ. މަސަވޭރުންބާ މަހަ ކިރެންނެންގޮއް ހުއާދެންނަޖެހޭ. ދަނޑޮވެރިއުންގެ އުފެއްދުންތެއް ވިއްކެންނެންގޮއްތެއް ހަމަޖައްސަންނަޖެހޭ. ދަނޑޮވެރިކަމިގެ ޒަމާނީ ގޮއްތެއް ތައާރަފް ކެރަންނަޖެހޭ.

ރަށިގެ ތައޮލީމުއާ ސިއްހީ ހިދުމަތްތެކަކީއަސް ރަށަހަ މީހުން އެންނަވޭ ސަބަބޮތެއް ކަމަހަ ހެދީއެންނެން. އޭގޭނަސް އިގްތިސާދީ މަންފާ ލިބެންނެނެ.

އަނބަކީ މިރަށަހަ އަހަރެކި އެތެއް މިލިއަންރުފިޔާ ލިބެމުންއާ މުއްސަނދިކަމެއް. އަނބޮގެހާ ދިމޭވޭ މައްސަލަތެއް ހައްލުވެގޭފަހެނާސް އޭ އިގްތިސާދީ ބޮނޑޮ ކުރިއެރުމެއް.

ރަށިހިނގުއާ ޕްރޮޖެކްޓްތެކެއި ރަށި ކުންފުނިތެއްކާ މުއައްޒަފުންގެ ބައިވެރިވުން އިތިރިކެރަންނަޖެހޭ. އެކަލެކި އެކަމެނަސް ރަށަހަވަންނާ ފާއިސާ އިތިރިވެންނެން.

ރަށިގެ އުފެއްދުންތެއް ރަށެން ބޭރަހަ ވިއްކެންނެން ފަސޭހަ ގޮއްތެއް ހަމަޖެހީން ގެއުމަކީ އޭގޭން އިގްތިސާދީ ކުރިއެރުން ލިބެންނެންކަމެއް. ރަށިގެ އެކްސްޕޯޓު އިތިރިވެންނަޖެހޭ.

ކުދު އަދި މެދެ ފަންތިއެ ވިޔަފާރިތެކަކީ އިގްތިސާދިގެ މައިތަނބޮ. އެފަރާއްތެއް ކުރިއަރޮވަންނަ އެހީތެރިކަން ފޯރުކޯދިނުމަކީ މުހިންމުކަމެއް.

ރަށަހަވަންނާ އާމްދަނީ އިތިރިވެގެން ގޭއްމާ ރަށިގެ އިގްތިސާދީ ކުރިއެރުން އިތިރިވެންނެން. ރަށިގެ ވިޔަފާރިތެއް ކުރިހާއެންނެން. ވަޒީފާތެއް އިތިރިވެންނެން.

ސުވާލް: ރަށިގެ މަގޮތެއް އަދި ރަށިގެ ކަންކަމި ބޭނުންވޭ ވަރަހަ ބޮނޑެތި ވެހިކަލް ނިތިބޭ. ދެން ކިހިނަކެ އަލް ކައުންސިލްއާހޮ ވަކި އަވަހަށަ ރައްޔިތުންނަ މިކަހަލަ ހިދުމައް ފޯރުކޯދެންނޭ؟  އެކަމި ވޭންނާ މީހުން ބެނަނީ އެއްވިއަސްކަމައް ވަކި އަވަސް ނިވެންނެނައެ… އެވަރަހަ ވެހިކަލް އަދި މެޓީރިއަލް ފޯރުކޯ ނިދިނޭ ސަރޮކާރަހަ

——————————————-

ޖަވާބޮ: ރަންގަޅަވާކަހައެއް.. ވެހިކަލްއާ މެޓީރިއަލް ނޭތީ މަސައްކަތް ނިވެންނެން. މަސައްކައް ކެރާ މީހުންނަ ބޭނުންވޭ ވަސީލައްތެއް ހުއާދެންނަޖެހޭ. ސަރޮކާރެން ހުށިހައި އެއްތައް ލިބެންދެކަހަ ތިބެގެން ކަންކަން ފުރިހަމާށަ ނިވެންނެން.

ކައުންސިލަހަ ލިބޭ ބަޖެޓެން ކެރާ ހަރަދޮތެއް އިސްކަންދޭ ތަރޮތީބައް އެކުލަވާލަންނަ ޖެހޭ… އެހެން ބަލާކަލް މިކަމަކީ އެންމެ އިސްކަންދެންނަ ޖެހޭ ކަންތެއްތެ ހިމެނޭކަމެއް. އަދި މުހިންމުނުން ހަރަދޮތެއް މަދޮކޯލެވީގޭފަހޭ މިކަހަލަ ކަންކަމަހަ ލާރި އިތިރިވެންނެން.

ރައްރަށި ކެރާ މިކަހަލަ މަސައްކައްތެކަހަ އެހީތެރިވޭ ބޭރިގެ ޖަމްއިއްޔާ ޖަމާއައްތެއްކާ ގައުމުތެއް އެބަތީ. މިތަންތަނެން އަފުންނާ ބޭނުންވޭ ސާމާން ހުއަންނަ މަސައްކައް ވޭންނެން.

މިކަހަލަ ކަންކަމި ރަށިގެ އާމުންނާ ކުންފުނިތެކެން ގިނެވޭންނާ ވެހިކަލްތެކަސް މުހިންމު ހާލައްތެކެއި ބޭނުންކެރެވީއެންނެން

އަހާބެލައު

ރަށުގެ ތަރައްގީއާއި ކުރިއެރުމާއި ގުޅިގެން އިސްމާއީލް ރަފީގް ގެންގުޅޭ ވިސްނުން ސާފޮކޮށްލަން ބޭނުންނަމަ، ތިރީގައިވާ ލިންކުން ސުވާލު ފޮނުވޭނެ. ޖަވާބު  މިސަފްހާއަށް އަރާނެ