Vote 2026

މޭޔަރގެ ތައާރަފް

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށް، އެދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިފައިވޭ. މީގެ އިތުރުން، ދެމެހެއްޓެނި ތަރައްޤީގެ ރޮނގުންނާއި، ޓެލެކޮމް އަދި ހިންގުމުގެ ދާއިރާއިން ކުރުމުއްދަތުގެ ގިނަ ކޯސްތަކާއި ޓްރެއިނިންތައް ވަނީ ފުރިހަމަކޮށްފައި. އެކަމަކުވެސް މޭޔަރ އިސްމާއީލް މޭޔަރުކަމުގެ މަގާމަށް އެންމެ ގާބިލް ވާ ސަބަބަކީ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި އަދި ހަމަހަމަކަމާއިއެކު ޚިދުމަތްކުރުމުގައި ސާބިތުވެ ހުރީތީ.

ކުރިމަތިލަނީ ކީއްވެ

މޭޔަރ އިސްމާއީލް ސިޔާސީމަގާމުތަކަށް ކުރިމަތިލަނީ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުމުގެ އިޚްލާސްތެރި ނިޔަތުގައި. އެންމެކުރީއްސުރެވެސް އިޖްތިމާއި، އިގްތިސާދީ އަދި ސިޔާސީކަންކަމަށް ޚިޔާލު ފައުޅުކޮށް ފާޑުކިޔާ އުޅުނީ   މުޖުތަމައުގެ ހާލަތާއިމެދު ވިސްނާ ފިކުރު ކުރާތީ.

ކާމިޔާބީތައް

ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ވިސްނާ ވޯޓު ދޭ ކޮންމެ މީހަކުވެސް މޭޔަރ އިސްމާއީލްގެ ދައުރުގައި ލިބުނު ކާމިޔާބީތައް ބަލާލުމަކީ މުހިންމުކަމެއް. އިދާރީ ހިންގުން ހަރުދަނާކޮށް، މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދާ، ދީނީ ކަންކަމަށް އިސްކަންދީ، ރަށްވެހިކަމުގެ ޚިދުމަތްދިނުމުގައި އިންގިލާބީ ބަދަލުތައްގެނެސް، އިޖްތިމާއީ އަދި ކުޅިވަރު ބިންތައް ތަރައްގީކޮށް، އިޖްތިމާއި ގުޅުން ބަދަހިކުރަން ހަރަކާތްތައް ހިންގާ، ރަށަށް ގިނަބަޔަކު ޒިޔާރަތްކުރާނެފަދަ އިވެންޓްތައް އިންތިޒާމްކޮށް، ބޭރުގެ ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅިގެން މަސައްކަތްކޮށް އަދި ކުދި ވިޔަފާރިތައް ކުރިއަރުވަން ކުރެވުނު މަސައްކަތްތައް ފާހަގަކޮށްލެވޭ. 

ކުރިއަށް ހުރި ވިސްނުން

ދެވަނަ ދައުރެއްގައިވެސް ކައުންސިލުން މިހާރުވެސް ފަށާފައި ހުރި މަސައްކަތްތަކާއި ތަންފީޒު ކުރަން ނިންމާފަހުރި ސިޔާސަތުތައް ކުރިއަށް ދާނެ. ރައްޔިތުންނަށް ޚިދުމަތް ދިނުމާއި ކައުންސިލް ހިންގުން އިތުރަށް ހަރުދަނާ ކުރަން އިސްކަން ދެވޭނެ. އަދި ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކޮށް، ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމަކީ މަސައްކަތުގެ މުހިންމު ބަޔަކަށް ވެގެންދާނެ. ފުވައްމުލައް ފެހި، ފަހި، ސްމާޓް ސިޓީއަކަށް ހަދަން ފަށާފައިވާ ދަތުރު ކުރިއަށް ދާނެ.

ޓީމް

ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ފުވައްމުލައް ސިޓީގެ އިންތިޚާބީ ދާއިރާތަކަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން

ކެމްޕެއިންގައި އެހީތެރިވެ ބައިވެރިވަމާ​

މިއީ ހުރިހާ ރައްޔިތުން ވެގެން، ރައްޔިތުންގެ ފަރާތުން އެންމެ ގާބިލް މީހަކު ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް އިންތިޚާބު ކުރަން ކުރާ މަސައްކަތެއް. މިއީ ވަކި މީހަކަށް، ވަކި ޕާޓީއަކަށް ކޮށްދޭ ކަމެއް ނޫން. މިއީ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަގްބަލެއް ހޯދައިދޭން ކުރާ މަސައްކަތެއް. މިވިސްނުން ގަބޫލު ކުރާ ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނުވަރަކުން މިކަމުގައި ބައިވެރިވެ އެހީތެރިވުމަކީ މުހިންމުކަމެއް.

Our island, our responsibility. Lend your time, your ideas, your energy